ވިޔަފާރިކުރުމަށްފަހު ސައްހަ ނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.
މި މައްސަލައިގައި ހޯދާ މީހާގެ ވީޑިއޯ ފުލުހުން ވަނީ އާންމުކޮށްފައެވެ.
ފުލުހުން ބުނީ އޭނާ ހޯދަނީ މިދިޔަ ޑިސެމްބަރު 27 ވަނަ ދުވަހު ވިލިމާލޭގައި ހުންނަ ސިމިނީ މާޓް ފިހާރައިން ވިޔަފާރިކުރުމަށްފަހު ފައިސާ ޓްރާންސްފާ ކުރިކަމުގެ ސައްހަނޫން ޓްރާންސްފާ ސްލިޕެއް ފޮނުވާފައިވާ މައްސަލައިގައި އޭނާ ދެނެގަނެވިފައިނުވާތީ ކަމަށެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތު ވިލިމާލޭ ޕޮލިސްއާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ފޭކް ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

