ފުރަން ގޮސް ދަބަހުގެ ތެރޭގައި ބޮމެއް އޮތް ކަމަށް ބުނެ ވާހަކަ ދެއްކި ބަޔަކު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓައިފިއެވެ.

Ads by Asuru

މިކަމާ ގުޅިގެން ފުލުހުން ބުނީ 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހުން ގެންގުޅުނު ތަކެތި އެމްއެންޑީއެފުން ބަލާ ފާސްކުރިއިރު އެފަދަ އެއްޗެއް ފެނިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުރަން ގޮސް ބޮމެއް އޮތް ކަމަށް ބުނެ ވާހަކަ ދެއްކުމުން މީގެކުރިން ވެސް ބައެއް މީހުން ރާއްޖޭގެ އެކި އެއާޕޯޓުތަކުން ހައްޔަރުކޮށްފައިވެއެވެ.