ކުރިއަށްއޮތް ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެސްޓީއޯ އިން ދުރާލާ ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޝިމާދު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަގު މައްޗަށް ދާ ބާވަތްތައް ދެނެގަނެ, ދުވަހުން ދުވަހަށް ބާޒާރުގެ އަގުތައް މޮނިޓާކުރަމުން އަންނަ ކަމަށާއި އެގޮތުން ލުނބޯގެ ފުރަތަމަ ޝިޕްމަންޓް މިހާރު ލިބިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އެސްޓީއޯ އިން އަންނަނީ ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދުރާލާ ތައްޔާރުވަމުން ކަމަށެވެ.
އެސްޓީއޯ އިން ލުނބޯގެ ޝިޕްމަންޓެއް ގެނެސްފައިވާއިރު، ބާޒާރުގައި މިހާރު ލުނބޯގެ އަގު އުޅެނީ، ކިލޯއެއް 60 ރުފިޔާއަށެވެ.

