ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންނަ ހަފްތާގައި ބޮޑުތިލަދުން މައްޗަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ހއ އަދި ހދ. ބައެއް ރަށްތަކަށް ވަޑައިގަތުމަށަ ހަމަޖެހިފައިވާ ކަމަށެވެ.
މި ދަތުރުފުޅުގައި ހއ. އުތީމުގައި އޮންނަ ގައުމީ ދުވަހުގެ ޖަލްސާގައި ވެސަ ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
ދާދިފަހުން ރައީސް ވަނީ ލ. ގަމަށް ވަޑައިގެންފައެވެ. އޭގެ ފަހުން އިނގިރޭސި ރާނީ އަވަހާރަވުމާއި ގުޅިގެން، އެކަމަނާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން ވަނީ ވަޑައިގެންފައެވެ.