އިތުރު ދެ ރަށެއްގައި އައިޑީކާޑުގެ ހިދުމަތް ފަށަން ތައްޔާރު ވެއްޖެއެވެ.

ހޯމް މިނިސްޓްރީން ބުނީ، ހދ. މަކުނުދޫ އަދި ފ. ނިލަންދޫގައި މި މަހު އައިޑީކާޑުގެ ހިދުމަތް ފެށިގެންދާނެކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް ހަތް ރަށެއްގައި މި ހިދުމަތް ފަށާފައިވާއިރު މި މަހުގެ ތެރޭގައި މަކުނުދޫ އަދި ނިލަންދޫގައި އައިޑީކާޑުގެ ހިދުމަތް ފެށިގެންދާނެ ކަމަށެވެ.

އައިޑީކާޑުގެ ހިދުމަތް ފަށާފައިވާ ހަތް ރަށް:

ހއ. އިހަވަންދޫ

ހއ. ދިއްދޫ

ހއ. ކެލާ

ރ. އުނގޫފާރު

ރ. އަލިފުށި

ނ. މަނަދޫ

ނ. ކެނދިކުޅުދޫ

 

އައިޑީކާޑު، ޕްރިންޓް ކުރުމުގެ ހިދުމަތް ފުރަތަމަ ފަހަރަށް އަތޮޅުތެރޭގެ ރަށެއްގައި ފަށާފައިވަނީ ގއ. ވިލިނގިލީގައެވެ.

އަދި މި ހިދުމަތް ދ. ކުޑަހުވަދޫގައި ފެށީ މިދިޔަ އަހަރުގެ ނޮވްމެބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.

މީގެ އިތުރުން އައިޑީކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ހުޅުމާލެ އާއި ވިލިމާލޭގައިވެސް މިދިޔަ އަހަރު ވަނީ ފަށާފައެވެ.