ލުބުނާނަށް ހިޖުރަ ކުރި ބައެއް މީހުންނާއި ބައެއް ރެފިއުޖީންނާއެކު ދަތުރު ކުރަމުން ދިޔަ ބޯޓެއް ސީރިއާގެ އައްސޭރި ފަށަށް ބަންޑުން ޖަހާލައި، ބަޔަކު މަރުވެއްޖެެެއެވެ.

Ads by Asuru

ސީރިއާ ސަރުކާރުން ބުނީ ބޯޓު ބަންޑުންވި ހާދިސާގައި މަރުވި މީހުންގެ އަދަދު 34އަށް އަރާ ކަމަށެވެ. އަދި ސަލާމަތް ކުރެވުނު 20 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

ބޯޓުން ގެއްލުނު މީހުން ހޯދުުމުގެ މަސައްކަތް، ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި މަސައްކަތަށް ހުރަސް އެޅިފައިވަނީ، މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުންނެވެ.

މިފަދަ ހާދިސާއެއް ހިނގާފައިވާއިރު، ސީރިއާ، ފަަލަސްތީނު އަދި ލުބްނާންގެ ރެފިއުޖީން ޔޫރަޕަށް ކަނޑުމަގުން ހިޖުރަ ކުރުމުގެ ތެރޭގައި، މީގެ ކުރިންވެސް މިފަދަ ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފައެވެ.