ކުރިން ވިސާ ނެގުމެއް ނެތި ދިވެހިންނަށް ކިރިގިސްތާނަށް ދަތުރު ކުރެވޭނެ ފަދަ އެއްބަސްވުމެއް އެކުލަވާލައިފިއެވެ.
ދެ ގައުމުގެ ދެމެދުގައި މިފަދަ އެއްބަސްވުމެއް އެކުލަވާލިއިރު، މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޝާހިދެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުން އަނެއް ގައުމަށް ދަތުރު ކުރުމުގައި ވިސާ ނެތި 30 ދުވަހަށްއެތެރެ ވެވޭނެއެވެ. އަދި ޓްރާންސިޓް ކުރުމުގައި ވެސް މި އެއްބަސްވުމުގެ ދަށުން ވިސާ ނަގާކަށް ނުޖެހޭނެއެވެ.
ސަރުކާރުން ވަނީ ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ރަޝިޔާ އާއި މޮރޮކޯ އަދި ޗައިނާއަށް އަދި ދާދިފަހުން ކަޒަކިސްތާނަށް ވެސް ވިސާ އާ ނުލައި ދެވޭނެ ގޮތް ހަމަޖައްސާފައެވެ.
އުތުރު ކޮރެޔާ އަށް ވިސާއާ ނުލައި ދިވެހިންނަށް ދެވޭނެ ގޮތް ހަދަންވީނު…ލަންކާ އިންޑިޔާއަށް ސަހަލު އަގެއްގައި ފަސޭހަ ގޮތެއްގައި ވިސާ ލިބޭނެ ގޮތެއް ހަދާބަލަ.