ކްރިސްޓިއާނޯ ރޮނާލްޑޯ ރުޅި ގަދަވެގެން، ފުޓްބޯޅަ މެޗެއް ބަލަން ދަނޑަށް ވަތް އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ހަލާކު ކޮށްލި މައްސަލަ ބަލަން ފަށައިފިއެވެ.

Ads by Asuru

މި މައްސަލަ ބަލަން ފަށާފައިވަނީ އިނގެރޭސި އެފްއޭއިންނެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި މިދިޔަ ސީޒަންގައި އެވަޓަން އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗަށްފަހުގައި، ދުނިޔޭގައިވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ ކަމުގައިވާ ރޮނާލްޑޯ ވަނީ، އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ބިންމައްޗަށް ވައްޓާލާ ހަލާކު ކޮށްލާފައެވެ.

ރޮނާލްޑޯ މިފަދައިން އަމަލު ކުރީ އެވަޓަން އަތުން ޔުނައިޓެއް، އެކެއް ސުމެއްގެ ނަތީޖާއަކުން ބަލިވުމުންނެވެ.

މި މައްސަލައާ ގުޅިގެން، އޭނާއަށް ޖަޒުބާތު ކޮންޓްރޯލް ނުކުރެވުނީ ކަމަށް ބުނެ ރޮނާލްޑޯ މާފަށްވެސް އެދުނު ނަމަވެސް، އިނގިރޭސި އެފްއޭއިން ބުނީ ކުޅުންތެރިން އަހްލާގީ މިންގަޑުތަކާ ހިލާފުވާނަމަ އެކަންކަން ބެލެން ޖެހޭނެ ކަމުގައެވެ.