އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ އަލަމްގީރުގެ މައްޗަށް އުފުލާފައިވާ އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއަށް ވެސް އޭނާ އިއުތިރާފުވެއްޖެއެވެ.
ގިނަ އަދަދެއްގެ ފިރިހެނުންނާއެކުގައި އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކްވެފައިވާ އަލަމްގީރުގެ މައްޗަށް އުފުލި އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމުގެ ތިން ދައުވާއަށް ވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ.
އެއަށްފަހު ދައުލަތުން ވަނީ އަލަމްގީރުގެ މައްޗަށް އޮރިޔާންކާޑު ހެދުމުގެ 40 ދައުވާއެއް އުފުލައިފައެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސިއްރުކޮށްގެން އިއްޔެ ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު އޭނާ ވަނީ އެ ދައުވާތަކަށް އިއުތިރާފުވެފައެވެ.
އެހެންކަމުން ވީހާވެސް އަވަހަކަށް މައްސަލަ ނިންމަން ޖެހޭއިރު ދެން އޮންނަ ޝަރީއަތެއްގައި އަލަމްގީރުގެ މައްޗަށް ހުކުމް ކުރާނެއެވެ.