ބާރުގަދަ ތޫފާން ”ފިއޯނާ“ އިރުމަތީ ކެނެޑާއަށް އެރުމުގެ ސަބަބުން، ގެއްލުންތަކެއް ލިބިއްޖެއެވެ.

Ads by Asuru

މި ތޫފާން މިހާރު، ޓްރޮޕިކަލް ސައިކްލޯންއަކަށް ބާރު ދަށްވި ނަމަވެސް، އިރުމަތީ ކެނެޑާއަށް ހޮނިހިރު ދުވަހު ތޫފާން އެރުމުން، އެތައް ހާސް ބަޔަކަށް ކަރަންޓްގެ ހިދުމަތް ކެނޑި، ގިނަ ގެތައްވެސް ފެނިގެން ދިޔައީ ”މޫދު އަޑިން“ ކަމަށް ގިނަ މީހުން ސިފަ ކުރިއެވެ.

ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސް އިން ރިޕޯޓްކުރާ ގޮތުގައި ނިއުފައުންޑްލަންޑްގެ މޫދުގެ އަޑިއަށް ދެ އަންހެނަކު ގެނބުނެވެ. އެކަކު ސަލާމަތްކުރެވުނު ނަމަވެސް އަނެއްމީހާ އަދިވެސް ނުފެނެއެވެ،

މޭޔަރު ބްރަޔަން ބަޓަން ސީބީސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސީންގައި އޮތީ ”ޓޯޓަލް ޑެމޭޖް“ އެއް ކަމަށާއި، ”ހީކުރި ވަރަށް ވުރެ މިކަން ބޮޑު އަދި ގޯސްވެއްޖެ“ ކަމަށެވެ.

ޗެނަލް-ޕޯޓް އޮކްސް ބާސްކްގެ ނޫހެއްގެ އެޑިޓަރެއް ކަމަށްވާ ރެނޭ ރޯއީ ބުނީ، ”މިއީ މުޖުތަމައުގެ އެއްވެސް މީހަކަށް މިހާތަނަށް ފެނުނު އެންމެ ބާރުގަދަ ވައި. އެތައް ގެއެއް ވަނީ ކަނޑުއަޑިއަށް ގޮސްފައި“

ހޮނިހިރު ދުވަހުގެ އިރުއޮއްސުމާ ހަމައަށް، ތޫފާނުގެ ސަބަބުން މުޅި ސަރަހައްދަށް ބާރު ބޮޑުވެ، ގުނާ އަދަދު ނުކުރެވޭހާ ގިނަ ގަސްތައް ވެއްޓި، އިމާރާތްތަކުގެ ފުރާޅުތައް ވެސް ފުނޑުފުނޑުވެ، 500،000 އެއްހާ ގެދޮރަށް ވަނީ ގެއްލުން ލިބިފައެވެ.

”ހުރިހާ ތަނެއްގައި ވެސް ކަރަންޓް ލައިންތައް ހުރީ ޑައުންވެފައި“ ހެލިފެކްސް ރީޖަނަލް ފަޔާ އެންޑް އިމަޖެންސީގެ އެސިސްޓެންޓް ޗީފް އެރިކާ ފްލެކް ސީބީސީ އަށް ވިދާޅުވިއެވެ.