ވައްކަމުގެ މައްސަލައެއްގައި ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތަކު ހައްޔަރުކޮށްފިއެެވެ.
ފުލުހުން ބުނީ މިއީ އއ. ތޮއްޑޫ އިހުރު ބާޒާރުގެ ގޮޅި ނަންބަރު 7 ގައި މަސައްކަތް ކުރަމުންދާ ބިދޭސީއަކު އެގޮޅިން ވައްކަން ކުރި މައްސަލައެއް ކަމަށެވެ.
މިއީ މި މަހުގެ 17 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކުރެވިފައިވާ މައްސަލައެކެވެ.
މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 26 އަހަރުގެ ސުމޮން މިޔާއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.

