ހދ.ހަނިމާދޫ އެއާޕޯޓް މަޝްރޫން މުޅި ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އިންޑިއާގެ ކުންފުންޏަކަށް ދިނުމަށް ވަނީ ނިންމާފައެވެ. އަދި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.
ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްޤީގެ ބޮޑު މަޝްރޫއަކީ ބޮޑު ތިލަދުންމަތި އިތުރުން, މުޅި ރާއްޖޭގެ އިޤްތިސާދަށް އިންޤިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް ކަމަށާއި މިއީ މާލެއިން ބޭރު ސަރަހައްދެއްގައި ރާއްޖޭގެ ތާރީޚުގައިވެސް ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް ކަމަށެވެ.
ސަރުކާރާ ހަވާލުވީއިރު ހުރިހާ ކަމެއް ނިމިފައޮތް ހުޅުލޭ އެއަރޕޯރޓުގެ އާ ރަންވޭ 4 އަހަރުވީ އިރުވެސް ބޭނުންކުރާން ނުފެށުނު ބަޔަކު އެހެން އެއާޕޯޓެއް މާ މޮޅަށް ހަދާވާހަކަ ދެއްކީމަ އަންނަނީ ހިނި.