މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހަތަރު މީހަކު ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

Ads by Asuru

ފުލުހުން ޢާންމުކުރީ އޭޓީއެމްތަކެއްގެ ސީސީޓީވީ ފޫޓޭޖުތަކެކެވެ. އެ ފޫޓޭޖުތަކުން ފެންނަނީ ކޮންމެވެސް ގޮތެއް ހަދައިގެން ފައިސާ ޖަމާކުރާ ތަނުން ފައިސާ ނަގާ ތަނެވެ.

ފުލުސް އިދާރާއިން ވީޑިއޯއެއް ޢާންމުކުރުމަށްފަހު ބުނީ ވީޑިއޯއިން ފެންނަ ހަތަރު މީހުންނަކީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަޙްޤީޤަށް ހޯދަން ބޭނުންވާ ބައެއް ކަމަށެވެ. ނަމަވެސް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެއީ ކޮންބައެއްކަން ދެނެގަނެވިފައިނުވާ ކަމަށެވެ.

ފުލުހުން ވަނީ ވީޑިއޯއިން ފެންނަމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައެވެ.