ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސުޕްރީމް ކޯޓު ތަމްސީލު ކުރައްވާ ފަނޑިޔާރަކަށް މި މަހުގެ 19 ވަނަ ދުވަހު އެ ކޯޓަށް އައްޔަނު ކުރެއްވި ހުސައިން ޝަހީދު ހަމަޖައްސަން  ނިންމައިފިއެވެ.

މީގެ ކުރިން ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލު ކުރެއްވީ ފަނޑިޔާރު ހުސްނުއް ސުއޫދެވެ. ނަމަވެސް އޭނާ ފަހުން މަގާމުން އިސްތިއުފާ ދެއްވީއެވެ.

ސުއޫދު މަގާމުން އިސްތިއުފާ ދެއްވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސުޕްރީމް ކޯޓު ތަމްސީލު ކުރައްވާ ފަނޑިޔާރަކަށް ދާދި ފަހުން އެ ކޯޓަށް އައްޔަނު ކުރެއްވި ހުސައިން ޝަހީދު ހަމަޖައްސަން އެ ކޯޓުން ނިންމައިފިއެވެ.

މީގެ ކުރިން ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލު ކުރެއްވީ ފަނޑިޔާރު ހުސްނުއް ސުއޫދެވެ.

ނަމަވެސް ސުލޫކީ މައްސަލަތަކެއް ބަލަން ފަށައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ސަަސްޕެންޑު ކުރުމާ ގުޅިގެން އޭނާ ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަނު ކުރެއްވީ ސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.