ރާއްޖޭގައި ދައުރުކުރަމުން އަންނަ 50 ރުފިޔާގެ ނޫޓު މަދުމުވުމުގެ ސަބަބުން އިތުރަށް ޗާޕުކޮށްފިއެވެ.

Ads by Asuru

މިކަމާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނި ގޮތުގައި ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 50 ރުފިޔާގެ ނޫޓު އަލުން ޗާޕުކޮށްގެން 25 ސެޕްޓަެމްބަރު 2022 ގައި ރާއްޖެ ގެނެސް، ދައުލަތުގެ ހަޒާނާގައި ވަނީ ރައްކާކޮށްފައެވެ

ފައިސާގެ ސްޓޮކް މަދުވުމުން ޗާޕު ކުރުމަކީ އާއްމުކޮށް ކުރާ ކަމެކެވެ. މީގެ ކުރިން ވަނީ ފަސް ރުފިޔާ އާއި ދިހަ ރުފިޔާ އަދި 20 ރުފިޔާގެ އިތުރުން 100 ރުފިޔާގެ ނޫޓު ވެސް އިތުރަށް ޗާޕުކޮށްގެން ރާއްޖެ ގެނެސްފައެވެ. ނޫޓު ތަކުގެ އިތުރުން ވަކި ލާރި ވެސް އެމްއެމްއޭ އިން އިތުރަށް ޗާޕުކޮށްގެން ރާއްޖެ ގެނެސްފައި ވެއެވެ.

މިހާރު ބޭނުން ކުރަމުން އަންނަ ރަން ދިހަފަހެއް ނޫޓު ސީރީޒަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ނެރުނު ސީރީޒް އެކެވެ..