ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފުއްދުނީ ކޮން ވައުދެއްތޯ، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ސުވާލު ކުރައްވައިފިއެވެ.

Ads by Asuru

ޑރ.ޖަމީލު މިފަދަ ސުވާލެއް އުފައްދަވާފައި މިވަނީ، މި ސަރުކާރުން ރައްޔިތުންނަށްޓަކައި ވެފައިވާ ވައުދުތަކުގެ 99 އިންސައްތަ ފުއްދާފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވުމުންނެވެ.

ޖަމީލު މިއަދު ކުރައްވާފައިވާ ޓްވީޓްތަކެއްގައި ގާސިމަށް ރައްދު ކުރައްވައި ދެ ބިލިއަނުން ބަދަލު ލިބުނު ކަމަށާއި އެފަދަ ފައިދާ ލިބޭ މީހުންނަށް ރައްޔިތުންނާއި ގައުމެއް މުހިއްމެއް ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ފުއްދުނީ ކޮން ވައުދުތަކެއްތޯ އައްސަވައި ސުވާލުތަކެއް ލިސްޓްކުރައްވާފައިވެއެވެ.

ޖުމްހޫރީ ޕާޓީވެސް ގުޅިގެން، ކޯލިޝަން ވެރިކަމެއް ކުރަމުން އަންނަ މި ސަރުކާރަށް ގާސިމް ކުރެއްވި ތައުރީފާ ގުޅިގެން އެމްޑީޕީގެ މެމްބަރުންތަކެއް އަތްތިލަބަޑި ޖައްސަވައި ފޯރި ވެސް ނެންގެވިއެވެ.

ގާސިމް ވިދާޅުވީ މަސްވެރިކަމުގެ ވިޔަފާރި އަށް އޭނާ ވަދެވަޑައިގަތީ ރައީސް މައުމޫން އަބްދުލްގައްޔޫގެ ޒަޢާމަތުގައި ކުރެއްވި އިއުލާނަކާ ގުޅިގެން ކަމަށެވެ.