މާލެ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި ނޮވިލޯން އެޅުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

Ads by Asuru

އެގޮތުން 10 މިސްކިތެއްގައި ނޮވިލޯން އެޅުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

މިއަދު މަސްޖިދުލް ޝަހީދު އަލީގައި ނޮވިލޯން އެޅުމުގެ މަސައްކަތް ކައުންސިލުން ވަނީ ކޮށްފައެވެ.

ސިޓީ ކައުންސިލުން ހުޅުމާލޭގައި އިމާރާތްކުރި ފުރަތަމަ މިސްކިތް އަދި އެ ތަނުގެ އެންމެ ބޮޑު މިސްކިތުގައިވެސް ވަނީ ނޮވިލޯން އަޅާފައެވެ.

މިސްކިތްތައް މަރާމާތުކޮށް، ރީއްޗަށް ބެހެއްޓުމަށް މާލެ ސިޓީ ކައުންސިލުން ހާއްސަ އިސްކަމެއް ދެއެވެ. އެގޮތުން މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް، ސިޓީ ކައުންސިލުން ވަނީ އާއްމުންގެ އެހީތެރިކަންވެސް ހޯދައިފައެެވެ.