ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް، ހުއްޖަތް ނުދައްކަވާ މަގާމުން އިސްތިއުފާ ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ގޮވާލައްވައިފިއެވެ.

Ads by Asuru

ތޯރިގު މިހެން ވިދާޅުވެފައިވަނީ ޕީޖީ ބަނގުރާ ފުޅިއެއް ހިއްޕަވައި، ފޮޓޯއެއް ނަންގަވައިގެން ހުންނަވާ ފޮޓޯއެއް، އޭނާގެ އިންސްޓެގްރާމް އެކައުންޓްގައި ހިއްސާ ކުރެއްވުމާ ގުޅިގެންނެވެ.

ޓޮމް ވިދާޅުވީ ޕީޖީ ޝަމީމަކީ މަގާމުގެ ހައިސިއްޔަތުން ބަނގުރަލާއި، މަސްތުވާތަކެތީގެ ދައުވާ ދައުލަތުން އުފުލަން ހުރި ފަރާތް ކަމަށެވެ.

”އޮފީހުގެ މާހައުލުން ބޭރުވުމާއެކު، ބަނގުރަލާއިއެކު އެއްގޯސްވީމައި ދައުލަތުން އުފުލާ ބޮޑެތި މަސްތުވާތަކެތީގެ ދައުވާ ސާބިތު ވާނެގޮތެއް ވިސްނަވާ. ހުއްޖަތް ނުދައްކަވާ އިސްތިއުފާ ދެއްވާ.“ ތޯރިގު ކުރެއްވި ޓްވީޓުގައި ލިޔުއްވާފައިވެއެވެ.

 

ޝަމީމްގެ އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ ހިއްސާކޮށްފައިވަނީ މަރަނީ ބްރޭންޑުގެ ބަނގުރާ ފުޅިއެއް އެއް އަތުން ހިއްޕަވައިވެގެން އަނެއް އަތުން ނަންގަވާފައިވާ ފޮޓޯއެކެވެ. އަދި އެ ފޮޓޯގެ ކެޕްޝަނުގައި “ވެލްކަމް ޓު ޖޯޖިއާ” ލިޔުއްވިއެވެ.