މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ގެއެއްގެ ފުރާޅު މައްޗަށް ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަކު ރާއްޖެ އިން ބޭރަށް ފުރައިގެން، މެލޭޝިއާއަށް ދިޔަ ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން މިއަދު ދޮގުކޮށްފިއެވެ.
ފުލުހުން ބުނީ އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓުނު މައްޓުނު މައްސަލައާ ގުޅިގެން ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިއާއަށް ފުރުވާލާފައިވާ ބުނެ މީސްމީޑިއާގައި ދައުރުކުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށެވެ.
ފުލުހުން އިޝާރާތް ކުރަނީ، މި މައްސަލައިގައި ހިމެނޭ ފަރާތެއް ކަމަށްވާ ކ.މާލެ، ގ.ނޯތުބްރީޒް އައިޝަތު ލަޔާލީ އިޤްބާލު،ގެ ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް އޭނާ ރާއްޖެ ދޫކޮށް މެލޭޝިއާއަށް ދިޔަކަމަށް ބުނެ މީސް މީޑިއާގައި ފަތުރަމުންދާ ވާހަކައަށެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި ތުހުމަތުކުރެވޭ އެއްވެސް މީހަކަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދީފައިނުވާ ކަމަށެވެ.
އަދި މައްސަލައިގައި ހިމެނޭ މީހުންގެ ޕާސްޕޯޓުތައް ހިފަހައްޓާފައިވާކަމަށާއި، އެއްވެސް ފަރާތަކަށް ރާއްޖެއިން ބޭރަށް ދެވޭނެ ގޮތެއް ނެތްކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާގޮތުގެ މައުލޫމާތު ވަގުތުން ވަގުތަށް ހާމަކުރަމުންދާނެ ކަމަށާއި، މައްސަލައިގައި ހިމެނޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ބަޔާން ނަގައި، ހެކިތައް އެއްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ފުލުހުން ބުންޏެެވެ.
