ގައުމީ ދުވަސް ފާހަގަ ކުރަމުން އަންނައިރު، ލޮލުން ފާއްދާލަނީ ފުން އަސަރުގެ ކަރުނަ ކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އިދިކޮޅު ލީޑަރު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެެވެ. އެމަނިކުފާނު ވަނީ ބަނަވެ، ނާމާން ވަމުންދާ ދުވަސްތަކެއްގެ ހިތްދަތިކަމާއެކުގައިވެސް، ދިވެހި ލޮބުވެތި ރައްޔިތުންނަށް ގައުމީ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާ ކަމަށް ވިދާޅުވެފައެވެ.

”ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދެވެ. ނަމަވެސް މިއަދު ލޮލުން ފާއްދާލަނީ ފުން އަަސަރުގެ ކަރުނައެވެ.“ ރައީސް ޔާމީން ލިޔުއްވާފައިވެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީއިރު، ރާއްޖޭގައި މިނިވަންކަން އޮތީ ކިހާ ވަރަކަށް ކަމާމެދު ސުވާލު އުފައްދައި، ވިސްނުމަށް އެމަނިކުފާނު ވަރަށް ފަހުންވެސް ގޮވާލެއްވިއެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލައިގައި ރައީސް ޔާމީން ކަންބޮޑުވުންފާޅުކުރައްވައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)އަށް ވެެރިކަން ލިބިއްޖެނަމަ، އިންޑިއާ ސިފައިން ބާލާނެ ކަަމަށް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.