ބޮޑުތަކުރުފާނުގެ އަޒުމް ދައްކަވާ ހަމައެކަނި ސިޔާސީ ލީޑަރަކީ ރައީސް ޔާމީން ކަމަށް އެމަނިކުފާނުގެ ނައިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވި ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިއަދު ފާހަގަކުރަމުން އަންނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ޑރ.ޖަމީލުވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. މި ޓްވީޓުގައި ޖަމީލު ވިދާޅުވެފައިވަނީ މިއަދު އާލާކުރަންވީ ގައުމީ ބަތަލު ދެއްކެވި ހިތްވަރުގަދަ ޢަޒުމް ކަމަށެވެ.

”ޤަމިއްޔަތުގެ އަސާސް މިމިންވަރަށް ފުނޑިފައިވާ ޤައުމީ ދުވަހެއް މިއިން ޒަމާނަކު ނުދެކޭ.“ އޭނާ ވިދާޅުވިއެވެ.

ޖަމީލު ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ ބޮޑު ތަކުރުފާނުގެ އަޒުމް ދައްކަވާ ހަމައެކަނި ސިޔާސީ ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ. އަދި ގައުމިއްޔަތު ދިފާއުކުރަން ތެދުވާން ވީވަގުތު މިއޮތީ ޖެހިފައި ކަމަށްވެސް ވިދާޅުވިއެވެ.