ހުޅުމާލެ، ފޭސް2ގެ ވިނަރެސް ފްލެޓެއްގެ ތެރޭގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ، މިއަދު ހެނދުނު 06:05 ހާއިރު، ވިނަރެސް އެޕާޓްމަންޓެއްގެ ތެރެއިން، އަންހެނަކު ރޯ އަޑު އިވޭ ކަމަށް ރިޕޯޓެއް ލިބުނު ކަމަށެވެ.
ފުލުހުން އެޓެންޑްވެ، ގަދަކަމުން ދޮރު ހުޅުވައި ބެލި އިރު ޚަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިފައިވާ ކަމަށާއި، އެއީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު، މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.
ފަހުން ފުލުހުން ބުނީ، މި ހާދިސާ ރިޕޯޓު ކުރީ އޭނާގެ އާއިލާއިން ކަމަށާއި، އެޕާޓްމަންޓުގައި މީހުން ތިބިއިރު، އެ މީހާ އޮތް ކޮޓަރީގައި އިތުރު މީހަކު ނެތް ކަމަށެވެ.

