މާލެ ސިޓީ ކައުންސިލުން، މާލެ އަކީ ފެހި ތަނަކަށް ހެދުމަށް ކުރިއަށް ގެންދާ އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކަނބާ އައިސަ ރަނި ހިނގުމުގައި އަނބުގަސް އިންދައިފިއެވެ.

Ads by Asuru

ގަސް އިންދުމުގެ ހަރަކާތުގައި މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.

މޭޔަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިޓީ ކައުންސިލުގެ އަމާޒަކީ މާލޭގެ އެކި މަގުތަކާ މައިދާންތަކުގައި ގަސް އިންދުން ކަމަށެވެ.

މާލޭގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގައެވެ.