ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ފިރުޒުލް ހުސައިން ފިރާޒު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

Ads by Asuru

ފިރުޒުލް ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ތަރައްގީގެ މަސައްކަތްތަކުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވި ސަބަބެއް ވިދާޅެއް ނުވެއެވެ.

ގައުމަށް ހިދުމަތް ކުރެއްވުމަށް ފުރުސަތު ދެއްވީތީ ފިރުޒުލް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއަށް ޝުކުރު އަދަކުރައްވާފައެވެ. ފިރުުޒުލް މަގާމުން އިސްތިއުފާ ދެއްވިއިރު، މި ސަރުކާރުގައި މިނިސްޓަރުންގެ ފެންވަރުގެ މަގާމުތަކުގައި ވަރަށް ގިނަ ބޭފުޅުން ތިއްބެވިކަން ފާހަގަކޮށްލެވެއެވެ.