އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފިއެވެ.

Ads by Asuru

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބާޖަމާލުއްދީން ހުރި ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް އޮކްޓޯބަރު 14 ވަނަ ދުވަހު ފެށުމަށް ވަނީ ނިްމާފައެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތާއެކު ޖަމާލުއްދީން ސްކޫލަށް ޖާގަ އިތުރުކުރުމަށް ހަދަން ނިންމާފައިވާ އިމާރާތް ވެސް ހެދުމަށް މިއަދު ހަވާލުކުރީ އަމީން އަށެވެ.

މި ދެ އިމާރާތުގެ މަސައްކަތް ނިންމަން އަމީންއަށް ދީފައިވަނީ 420 ދުވަހެވެ. ދައުލަތުގެ ބަޖެޓުން މި ދެ އިމާރާތް އެޅުމަށް 168 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެއެވެ.