ވެރިރަށް މާލޭގައި، މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ކާރަކުން ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

Ads by Asuru

ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާއާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މަޖީދީމަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ކާރަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން އަނިޔާވި ފިރިހެންމީހާ އައިޖީއެމްއެޗަށް ގެންގޮސް، ފަރުވާ ދެވިފައިވާ ކަަމަށްވެސް ފުލުހުން ހާމަކުރިއެވެ. ނަމަވެސް އެއީ ދިވެހި ފިރިހެނެއް ކަމެއް ނުވަތަ ނޫން ކަމެއްވެސް ހާމައެއް ނުކުރެއެވެ. އަދި އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއްވެސް ނުދެއެވެ.

މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.