އިއްޔެ ބޭއްވި ހަތަރު ބައި-އިލެކްޝަނުން ދަލީލު ކޮށްދިނީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްގައްޔޫމް ކާމިޔާބު ކުރައްވާނެކަން ކަމުގައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ސެނެޓަރ މުހައްމަދު އަބްދުލްކަރީމް(ރުކުމާ) ވިދާޅުވެއްޖެއެެވެ.

Ads by Asuru

މިއަދު ކުރިއަށް ދިޔައީ ށ. މާއުނގޫދޫ ކައުންސިލަށް މެމްބަރަކު އިންތިހާބު ކުރުމާއި، ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުން އައްޔަންކުރުމަށް ބޭއްވި އިންތިޚާބުތަކެވެ.

މި ހަތަރު ބައި-އިލެކްޝަންގެ ތެރެއިން، ތ.ގުރައިދޫއާއި ރ.ރަސްމާދޫގެ ބައި-އިލެކްޝަން ކާމިޔާބު ކުރީ ޕީޕީއެމުންނެވެ. އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ ށ.މަގޫދޫއާއި ލ.ދަނބިދޫގައި ބޭއްވި ބައި-އިލެކްޝަނެވެ.

ހަތަރު ބައި-އިލެކްޝަނުން އެންމެ ގިނަ ވޯޓު ލިބުނު ޕީޕީއެމަށް 1112 ވޯޓު ލިބުނުއިރު، އެމްޑީޕީއަށް ލިބުނީ 713 ވޯޓެވެ.

މިކަން ފާހަގަކުރައްވައި ރުކުމާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިއްޔެ ހަތަރު ރަށުގައި ނެގި ވޯޓުގެ 54 އިންސައްތަ ލިބިފައިވަނީ ޕީޕީއެމަށް ކަމަށެވެ.

”ރިޔާސީ އިންތިހާބު 2023، އެއްބުރުން ރައީސް ޔާމީން ކާމިޔާބު ކުރާނެ ކަމުގެ ދަލީލެއް. މަރުހަބާ ރައީސް ޔާމީން.“ ރައީސް ޔާމީން ޓެގް ކުރައްވައި، ކުރެެއްވި ޓްވީޓުގައި ރުކުމާ ވިދާޅުވެފައިވެއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް، ސިޔާސީ ޕާޓީތަކުން މިހާރުވެސް ވަނީ ކެމްޕެއިން ފަށާފައެވެ.