ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ފެނިގެން ދަނީ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ތަރައްގީ އާއި، އެެމަނިކުފާނުގެ ދުރުވިސްނޭ ސިޔާސަތު ކަމަށް މާލެ ސިޓީގެ މޭޔަރު، އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވެފައިވަނީ އެމްއޭސީއެލުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެޅި ފްލެޓްތައް، އެތަންތަން ލިބުނު މީހުންނާ ހަވާލު ކުރުމާ ގުޅިގެންނެވެ.
ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވެފައިވަނީ ހިޔާ މަޝްރޫއުގެ ތެރެއިން، ސަރުކާރު ކުންފުނިތަކުން ކުރިއަށް ގެންދަން، ރައީސް ޔާމީން ހަވާލުކުރެއްވި ފްލެޓްތަކުގެ ތެރެއިން، އެމްއޭސީއެލްގެ ފްލެޓް ލިބުނު ރައްޔިތުންނަށް މަރުހަބާ ދަންނަވާ ކަަމަށެވެ.
”ހުޅުމާލެ ފޭސް2ގެ ކޮންމެ ކަންކޮޅަކުން ފެންނަނީ، ރައީސް ޔާމީންގެ ތަރައްގީގެ ލެގަސީ. ދުުރުވިސްނޭ ސިޔާސަތު.“ މުއިއްޒު ވިދާޅުވިއެވެ.
Hiyaa Mashroou ge therein sarukaaru kunfuni thakun kuriyah gendhan Raees @prz_ymn havaalu kurevvi flat thakuge therein MACL ge flat thah libunu rayyithunnah marhaba dhannavan.Hulhumale Ph2 ge komme kankolhakun fennanee Raees @prz_ymn ge tharaggee ge legacy. Dhuruvisney siyaasath https://t.co/vZDhZX7Tkt
— Dr Mohamed Muizzu (@MMuizzu) October 1, 2022
ރައީސް ޔާމީންގެ ވެރިކަމުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގެވި ”ހިޔާ މަޝްރޫއު“ އަކީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް، މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުއެވެ.