ލ. މާވަށުގައި އިއްޔެ ހެނދުނު ޒުވާނަކު މަރާލިއިރު، އެކަން ކުރަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުން ހޯދައިފިއެވެ.
މި ހާދިސާގައި މަރުވީ އެ ރަށު، ނަލަހިޔާ، މޫސާ އިބްރާހިމް (29އ)އެވެ.
އޭނާ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29 އެވެ.
އޭނާ އަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ.
ފުލުހުން ބުނީ ހަމަލާ ދިނުމުގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެން ހޯދާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ މާރާމާރީއަކީ ދެ މީހެއްގެ ދެމެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށް ބެލެވޭ ކަމަށެވެ.
މި މައްސަލައިގައި މަރުވި މީހާއަށް ވަޅިއަކުން ހަމަލާދިންކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:12 ހާއިރުއެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

