ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓުތަކުގައި ތާނައަކުރުން ”ދިވެހިރާއްޖެ“ ޖަހަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން ބުނީ މިނިވަން ދުވަހާއި ދިމާކޮށް ގައުމީ އެއާލައިންގެ ބޯޓުތަކުގެ ބޭރުގައި ތާނަ އަކުރުން ދިވެހިރާއްޖެ ޖަހަން ނިންމައި، މިހާރު އެ އެމަސައްކަތް ފަށާފައިވާ ކަމަށެވެ.

މި ބަދަލާއެކު ބޯޓުގައިތަކުގެ ބޭރުގައި ގައުމީ ދިދައާއެކު ދިވެހިރާއްޖެ ތާނަ އަކުރުން ޖަހާނެއެވެ.

ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލުން ފުރަތަމަ ޚިދުމަތް ހޯދި މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާ ބޯޓަށް މިހާރު ވަނީ މި ބަދަލު ގެނެސްފައެވެ.

މި ބަދަލަކީ ދިވެހި ބަހާއި ތަރިކަ އަދި ގައުމީ ފަހުރު ރަމްޒުކޮށްދޭ ބަދަލެއް ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަނުން ބުނީ މި ބަދަލު އެ އެއާލައިންގެ ހުރިހާ ބޯޓަކުން ވެސް ފެންނާނެ ކަމަށެވެ.

އަދި މިއީ ދިވެހިންގެ އަމިއްލަވަންތަކަން ގައުމީ އެއާލައިނާ ގުޅިފައިވާ މިންވަރު ދައްކުވައިދޭ ބަދަލެއް ކަމަށް އެ ކުންފުނިން ބުންޏެވެ.