ކައުނުގައިވާ ދިރުންތައް ނައްތާލުމުގެ ކުރިން ދެވަނަ ވިސްނުމަކަށް ދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

Ads by Asuru

ރައީސް ނަޝީދުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން، މިރޭ އާންމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، ގުދުރަތީ ދިރުންތަކުގެ މަތިން ހަނދާން ކުރަންޖެހޭ ކަމަށެވެ.

”ގަސްގަހާގެހި. މަސްމަހާމެހި. ދޫނި ސޫފާ ސޫފި ފަދަ މި ކައުނުގައިވާ ދިރުންތައް ނައްތާލެއްވުމުގެ ކުރީން، ދެވަނަ ވިސްނުމެއް ނެރުއްވާ، އަނެއް ގޮތް ހޯއްދެވުމަށް.“ ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.

ބެލެވޭ ގޮތުގައި އެމަނިކުފާނު މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ، އަމީނީ މަގު ހެދުމަށް، އެމަގުގައި ހުރި ގަސްތައް ކަނޑާތީއެވެ. ރައީސް ނަޝީދު ވަނީ މި މައްސަލަ ކޯޓަށްވެސް ހުށަހަޅުއްވާފައެވެ.

ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެފައިވަނީ، އަމީނީ މަގުގައި ހުރި ގަސްތައް ނުކަނޑައި، އެމަގު ހެދެން ނެތް ކަމަށެވެ.