މަސައްކަތްތެރިންގެ ހައްގުތަކާއި އިމްތިޔާޒުތައް ރައްކާތެރިކުރުމަކީ މި ސަރުކާރުގެ އިސް އަމާޒެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ބައެއް ފަރާތްތަކުން ފަތުރަމުންދާ އެއްވެސް އަސާސެއް ނުހުންނަ ވާހަކަތަކަށް ސަމާލުވާން ޖެހޭ ކަމަށާއި، ވަޒީފާގެ ބިރުވެރިކަން އުފެއްދުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”މަސައްކަތްތެރިންގެ ހައްގުތަކާއި އިމްތިޔާޒުތައް ރައްކާތެރިކުރުމަކީ މި ސަރުކާރުގެ އިސް އަމާޒެއް. އަދި ވަޒީފާގެ މާހައުލުގައި އިތުބާރާއި ޔަގީންކަން އުފެއްދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ.“ ނައިބު ރައީސް ވިދާޅުވިއެވެ.
އެޗްޑީސީގެ ބައެއް ވެރިން މަގާމުގެ ޒިންމާތަކުން އެކަހެރި ކޮށްފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެ ކުންފުނިން މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް އަދި ނުބުނެއެވެ.

