11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)އާ އެވެ.

މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީއެވެ.

މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހަވާލުކުރި ރަށްތައް:

1- ހއ. ތުރާކުނު

2- ހދ. ނޮޅިވަރަމްފަރު

3- ހދ. ފިނޭ

4- ށ. މަރޮށި

5- ނ. މާފަރު

6- ބ. ތުޅާދޫ

7- ބ. ކުޑަރިކިލު

8- މ. މުލި

9- ތ. ގުރައިދޫ

10- ތ. ހިރިލަންދޫ

11- ތ. ކިނބިދޫ

 

ސަރުކާރުން އަންނަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ގިނަ ފަރާތްތަކާ ހަވާލުކުރަމުންނެވެ.

އެގޮތުން ދާދިފަހުން ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ވަނީ ހަވާލުކޮށްފައެވެ.