އައްޑޫ ސިޓީ ހިތަދޫން ގެއްލިގެން ހޯދަމުން ދިޔަ މީހާއާ ގުޅިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ.

Ads by Asuru

ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އޭނާއާ މިހާރު ގުޅިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އަދި އޭނާ މިވަގުތު ހުރީ މަސްދޯންޏެއްގައި ކަމަށްވެސް ފުުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.