”ގެދޮރުވެރިޔާ“ ސްކީމްގެ 4،000 ފްލެޓުގެ ތެރެއިން ފްލެޓް ލިބޭ 640 ފަރާތަކާއެކު އެއްބަސްވުން ހަދައިފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނިގޮތުގައި، އެ ކޯޕަރޭޝަނުގެ އަމާޒަކީ ފްލެޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއި ކުުރުމުގެ މަސައްކަތް އިތުރަށް ހަލުވި ކުރުމެވެ.
އެގޮތުން އެ ކުންފުނިން ބުނިގޮތުގައި، އެއްބަސްވުމުގައި ސޮއި ކުރި މީހުންގެ އަދަދު މިހާތަނަށް 640 އަށް އަަރައެެވެ.
އަދި ޔުނިޓު މަޝްރޫއުގެ %16 އަށްވާ އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މީގެ ކުރިން އެ ކުންފުނިން ބުނީ، ފުލެޓް އެއްބަސްވުން ހެދުމަށް އެ ކޯޕަރޭޝަނަށް ހައުސިން މިނިސްޓްރީން ފޮނުވާފައިވަނީ 2665 މީހުންގެ ނަން ކަމަށެވެ.
ބާކީ ތިބި ފަރާތްތަކާއެކު އެއްބަސްވުން ހަދާ ނިންމުމަށް އެފްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.

