ބ.ކިހާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފިއެވެ.

މި މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތު ބޭއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރޭގައެވެ.

ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށްގެންދިޔައީ، އެމްޓީ ހޯގާޑާ ހަވާލުކޮށްގެންނެވެ.

15.6 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އެރަށުން ގިރާފައިވާ ސަރަހައްދުގެ ވެލިގަނޑު އިޔާދަކުރުމަށް ވެލި އަޅާ، 548 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއްލާފައިވެއެވެ.

މި މަޝްރޫއު އެމްޓީ ހޯގާޑާއި ހަވާލުކޮށްފައިވަނީ 2023ވަނަ އަހަރުގެ މޭއިމަހުގެ ތެރޭގައެވެ.