އ.އ ހިމަންދޫގައި ސަރުކާރުން ބިނާކުރަމުންދާ މިސްކިތް، މިސްކިތުގެ 75 އިންސައްތަ މަސައްކަތް ނިންމައިލައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި މިއަދު ވިދާޅުވީ، މި މަޝްރޫއުއަށް މިހާތަނަށް ސަރުކާރުން 5.7 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.
މި މިސްކިތުގެ މަސައްކަތްކުރަނީ ޕްރައިވެޓް ކުންފުނި އެލައިޓް އިންނެވެ.
ޝަހީމް ވިދާޅުވީ މި އަހަރު ފަހުކޮޅުގައި މިސްކިތް ނިމޭތޯ މަސައްކަތްކުރަމުންދާ ކަމަށެވެ.
މިދިޔަ މޭ މަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މިސްކިތް އިމާރާތްކުރުމުގެ 21 މަޝްރޫއެއް މިހާރު ކުރިއަށްދާ ކަމަށެވެ.
އަދި މިސްކިތް އެޅުމަށް 17 މަޝްރޫއެއްގައި ސޮއިވެސް ކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި އަހަރުގެ ތެރޭގައި މިސްކިތް އެޅުމުގެ ގިނަ މަޝްރޫއުތަކެއް ނިމޭނެ ކަމަށެވެ.
އަދި މިއީ އެއް އަހަރެއްގެ ތެރޭގައި އެންމެ މިސްކިތް އިމާރާތް ކުރެވޭ އަހަރަށް ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިސްކިތްތައް އަޅާ ރަށްތަކުގެ ތެރޭގައި ކޮންމެ އަތޮޅަކުން ވެސް ރަށެއް ހިމެނެ އެވެ އޭގެ ތެރޭގައި އައްޑޫ ހުޅުމީދޫ، ހިތަދޫ، ފުވައްމުލައް ސިޓީީ، ފ. ނިލަންދޫ، ހއ. ބާރަށް ފަދަ ރަށްރަށް ހިމެނެއެވެ.

