އއ. ތޮއްޑޫގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމްގެ ހިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވައިފިއެވެ.

އެ ރަށުގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް މުއިއްޒު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތޮއްޑުއަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބު، ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް އަދި ބީއެމްއެލްގެ ސީއީއޯ މުހަައްމަދު ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ހިދުމަތް ފުޅާކުރުމުގެ ބޭންކުގެ އާ އިމާރާތެއްގެ ބިންގާ ވެސް ވަނީ އަޅުއްވައިދެއްވައިފައެވެ.