ވެރިރަށް މާލޭގައި މީހަކަށް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
މި މައްސަލައާ ގުޅޭގޮތުން، ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ސޯސަން މަގުގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު، ރޭ 23:11 ހާއިރު ލިބިފައިވާ ކަމަށެވެ.
އަނިޔާ ލިބިފައިވާ މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނިގޮތުގައި، މި ހަމަލާގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

