ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ޗެއާމަނަކަށް އަނެއްކާވެސް މުހައްމަދު ޝަމީ އާދަމް އައްޔަނުކޮށްފިއެވެ.
އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް ދެވަނަ ފަހަރަށް ޝަމީ އައްޔަންކޮށްފައިވާ ކަމަށް އެ ކުންފުނިންވެސް ޔަގީންކޮށްދީފައިވެއެވެ.
ޝަމީ ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ އެޕްރީލް މަހާ ހަމައަށްވެސް އާރްޑީސީގެ ޗެއާމަންގެ މަގާމު ފުރުއްވާފައެވެ.
އޭނާ އަލުން އާރްޑީސީއަށް ބަދަލުކުރިއިރު، މިދިޔަ މަހުގެ ތެރޭގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހީމް ނަޒީމުވެސް އައްޔަންކުރައްވާފައެވެ.

