މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަށް ބަދަލު ގެނެސްފިއެވެ.

ޒަކާތު ހައުސްއިން ބުނީ، ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބުގެ އަދަދަކީ 11,191.95 ރުފިޔާ ކަމަށެވެ.

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބަށް އެންމެ ފަހުން ބަދަލު ގެނައީ މިދިޔަ އޭޕްރީލް މަހުއެވެ. އޭރު ނިސޯބަކީ 9264.15 ރުފިޔާއެވެ.

ޒަކާތު ހައުސް އިން ބުނީ ރާއްޖޭގައި ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރަން ރިހީގެ އަގަށް ބަލައިގެން ކަމަށެވެ.

އެގޮތުން މިހާރު ބާޒާރުގައި ރިހީގެ އަގު ހުރީ ގްރާމަކަށް 18.81 ރުފިޔާ އަދި ރަނުގެ އަގު ހުރީ ގްރާމަކަށް 1,652.10 ރުފިޔާގައި ޒަކާތު ހައުސް އިން ބުނެއެވެ.

އެހެންވެ ރިހީގެ ނިސާބަކީ 595 ގްރާމް އަދި ރަނުގެ ނިސާބަކީ 85 ގްރާމެވެ.