ދުނިޔޭގެ އެކި ގައުމުތަކުގައި ތަފާތު ފަރުބަދަތައް ހުންނަކަން ނޭނގޭ މީހަކު ނުހުރެދާނެއެވެ. އެކަމަކު، ފަރުބަދައެއްގައި ކާން ކަމުދާ، މީރު ވެލި ހުންނަ ވާހަކަ އަޑުއެހިން ހެއްޔެވެ؟

Ads by Asuru

އީރާނުގެ ހޮރްމޫޒް އައިލެންޑުގައި މިފަދަ ފަރުބަދަތަކެއް އެބަހުއްޓެވެ. އެކި ކުލައިގައިވާ މި ރީތި ފަރުބަދަތަކަކީ ގުދުރަތީ އަޖައިބެެކެވެ. ވިއްސާރަ ދުނީގެ ކުލަތަކުން ޖަރީވެފައިވާ މި ފަރުބަދަތަކުގެ ވެލި، ހޮރްމޫޒް އައިލެންޑުގެ މީހުން ބޭނުން ކުރަނީ ހަވާދުގެ ގޮތުގައެވެ.

 

އީރާނުގައި، ކެވޭ ވެލި ހުންނަ ފަރުބަދަތައް–

ރިޕޯޓްތައް ބުނާ ގޮތުގައި، ހޮރްމޫޒްގައި އުޅޭ މީހުން، އަނގަ މީރު ކޮށްލުމަށްވެސް މި ފަރުބަދަތަކުގައިވާ ވެއްޔާއި ޗަކަ ކައި އުޅެއެވެ.

ޕާޝިއަން ގަލްފުގައި އޮންނަ ހޮރްމޫޒް އައިލެންޑުގައި ކުލަ ކުލައިގެ ގޮނޑުދޮށްތައް ހިމެނޭތީ، މިރަށަށް ރެއިންބޯ އައިލެންޑޭވެސް ކިޔައެވެ.

ހޮރްމޫޒް އައިލެންޑުގެ ފަރުބަދަތަކުގައި ހިމެނޭ ކުލަތަކުގެތެރޭގައި، ހުދު، ރީނދޫ، ރަތް، ފެހި، އޮރެންޖް، މުށި، ލައިޓް ފީރޯޒާ، އަދި ރަން ކުލަ ވެސް ހިމެނެއެވެ.

ޖިއޮލޮޖީގެ ނަޒަރަކުން ބަލާއިރު، މިރަށަކީ ދުނިޔޭގެ އެންމެ މުހިންމު ސޯލްޓް ޑޯމްގެ ތެރޭގައި ހިމެނޭ ރަށެކެވެ.