މިރޭ ޕީޕީއެމް އޮފީސް ކައިރީގައި އިދިކޮޅު ފަރާތްތަކުން، އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށާއި، ދިވެހި ސަރުކާރުން އެގައުމާއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައި ސުލްހަވެރިކަމާއެކު ޝުއޫރު ފާޅުކުރަމުން އަންނައިރު، މި ހަރަކާތް ކަވަރު ކުރަމުން ދިޔަ ނޫސްވެރިއަކަށް ފުލުހަކު އިންޒާރު ދީފިއެވެ.
ނޫސްވެރިޔަކު ފޭސްބުކްގައި ބުނީ، އެއްވުން ކަވަރު ކުރަން އުޅުނު ނޫސްވެރިއެއް ކައިރީގައި ފުލުހަކު ”ނުފުއްޕާ، ހޭ އަރުވާލާނަން“ މިހެން ބުނެ އިންޒާރު ދިން ކަަމަށެެވެ. އަދި މިކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަަމަށްވެސް ބުނެފައިވެއެވެ.
މިރޭގެ އެއްވުމުގެ ތެރެއިން، ފުލުހުން ތިން މީހަކު ހައްޔަރު ކޮށްފައިވާއިރު، ދެމީހެއްގެ މޫނަށް ވަނީ ޕެޕަރ ސްޕްރޭވެސް ޖަހައިފައެވެ. އެދެމީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވާ ގަރާރެއް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވާފައިވާއިރު، ”އިންޑިއާ އައުޓް“ ކެމްޕެއިނަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކެމްޕެއިނެއް ކަމަށް ބުނެ، ފުލުހުން ދަނީ މި ހަރަކާތް ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން އިންޑިއާ އައުޓް ކެމްޕެއިނުގެ ބައިވެރިން ފުލުހުން ދަނީ ހައްޔަރުވެސް ކުރަމުންނެވެ.
Solih namakah kiyaa fuluheh vanee Indiaout muzaahara cover kuri noosverinnah “nufuppaa hey aruvaalaanan” bune inzaaru dheefai. Mikan vanee fuluhun ge samaal genesfai @M_Hameedh pic.twitter.com/5b7oSZ9PbN
— SHAFRAZ (Voice.mv) 🇲🇻 (@XefroX) May 18, 2022