ދުނިޔޭގެ އެއްވެސް ޤައުމަކުން، ޙައްޖާއި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާއަށް ދަތުރު ކުރާ އަންހެނުން މަހްރަމަކު ގެންދަން ނުޖެހޭ ގޮތަށް އެގައުމުން ހަމަޖަައްސައިފިއެވެ.

Ads by Asuru

އަންހެނެއްގެ މަހްރަމަކީ އޭނާގެ ފިރިމީހާ އާއި ބައްޕަ ނުވަތަ އަބަދަށްވެސް ކައިވެނި ހަރާމް ފިރިހެނުންނެވެ.

ސައުދީ އަރަބިއާގެ ހައްޖު އަދި އުމްރާގެ އަޅުކަމާ ބެހޭ މިނިސްޓަރު، ޑރ.ތައުފީގް އަލް ރާބިއާ މިކަން އިއުލާނު ކުރެއްވީ މިސްރުގެ ވެރިރަަށް ގާހިރާގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މަހްރަމަކާ ނުލައި، އަންހެނުންނަށް ސައުދީއަރަބިއާއަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދާން އޮންނަ އުސޫލަށް ބަދަލު ގެނައި ސަބަބެއް، ސައުދީ ސަރުކާރަކުން ހާމައެއް ނުކުރެއެވެ.

އަލްރާބިޢާ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުންނަށް އުމުރާ ވިސާ ދޫކުރާނެ އަދަދުގެ ކޯޓާއެއް އަދި ސީލިންގެއްވެސް ނެތް ކަމަށެވެ. އަދި އެއްވެސް ބާވަތެއްގެ ވިސާއެއް ހިފައިގެން ސައުދީ އަރަބިއްޔާއަށް އަންނަ ކޮންމެ މުސްލިމަކަށް ވެސް އުމްރާގެ އަޅުކަން އަދާކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަހްރަމެއް ނެތި، އަންހެނުންނަށް ހައްޖު އަދި އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭން ނިންމިއިރު، ސައުދީން ވަނީ މައްކާގެ ހަރަމްފުޅު ބޮޑުކޮށް، ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުއެއްވެސް ފަށާފައެވެ. މި މަޝްރޫއުއަށް 200 ބިލިއަން ރިޔާލު ހަރަދުވާނެ ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.