މޫސުން ގޯސްވެފައިވާތީ، ސިނަމާލެ ބްރިޖުންނާއި، ލިންކު ރޯޑުން ދަތުރު ކުރާއިރު، ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

Ads by Asuru

ފުލުހުން މިއަދު ވަނީ، މިދުވަސްވަރު ބްރިޖުމަތިންނާއި ލިންކް ރޯޑުގައި ދަތުރު ކުރާ މީހުން ސަމާލުކަންދޭންވީ ކަންކަން ހިއްސާކޮށްފައެވެ.

މިގޮތުން ބުރުގާ އަޅާ ފަރާތްތަކުން، ވަޔާއެކު، މޫނު މައްޗަށް ބުރުގާ ނުދާނެެހެން ބެހެއްޓުމާއި، ވިއްސާރަ ކޯޓު ބޭނުން ކުރާއިރު، ކޯޓު ހަލާކުވެގެން، އެހެން މީހުގައި މޫނުގައި ގޮސް، ނޭޅޭނެ ވަރުގެ، ފެންވަރު ރަނގަޅު ކޯޓެއް ބޭނުން ކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

މީގެއިތުރުން، ވައިގަދަވާ ގަޑިއެއްގައި، އުޅަނދުތަކުގެ ސްޕީޑް، ކޮންޓްރޯލް ކުރެވޭނެ މިންގަނޑެއްގައި ބެހެއްޓުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ. މިގޮތުން ށ އަތޮޅުން ފެށިގެން ދ އަތޮޅަށް މިވަގުތުވެސް އޮތީ ރީނދޫ އެލާޓެވެ. މެޓުން ބުނީ، މި އެލާޓުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ޖެހޭނެ ކަމަށެވެ.