ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލުނު މުހައްމަދު އަޒްހާންއާ ގުޅޭގޮތުން އަދި ހާމަވީ ހިޔާލީ ވާހަކަތަކެއް ކަމަށް އެމްޑީޕީގެ ކުރީގެ ސެކެރެޓަރީ ޖެެނެރަލް އައިޝަތު އާނިޔާ ވިދާޅުވެއްޖެއެވެ.

Ads by Asuru

އަޒްހާން ގެއްލުނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހުއެވެ. އާނިޔާ ވިދާޅުވީ މިމަހުގެ ދެވަނަ ދުވަހު ހުޅުމާލޭގައި އޭނާ ހުރި ގެސްޓްހައުސް ކައިރިން،  ވަލެއްފަދަ ތަނެއްގެ ތެރެއިން އަޒްހާންގެ ހަށިގަނޑު ފެނުނުއިރު، ފުލުހުން ސެޕްޓެޓެމްބަރުމަހުގެ 26 ވަަނަ ދުވަހު އެ ސަރަހައްދު ބަލާފައިވެސް ވާކަމަށެވެ.

އަދި އަޒްހާނާ ގުޅޭގޮތުން ފައިސާ ދީގެން ހިންގާ ބައެއް މީޑިއާތަކުން ހާމަކުރީ ހިޔާލީ ވާހަކަތަކެއް ކަމަށްވެސް އާނިޔާ ވަނީ ވިދާޅުވެފައެވެ.

https://twitter.com/Aniya_A/status/1580617143305273344

އުމުރުން 27 އަހަރުގެ އަޒްހާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އަވަށްޓެރި އިންޑިއާއަށް ގެންދިޔުމަށްފަހު، މިހާރު ވަނީ މާލެ ގެނެސްފައެވެ. އަދި މިއަދު އޭނާގެ ހަށިގަނޑު ވަޅުލައި، ކަށު ނަމާދުވެސް ވަނީ ކޮށްފައެވެ.

އަޒުހާންގެ މަރު ފުލުހުން ތަހުގީގު ކޮށްފައިވަނީ މީހަކު މަރާލުމުގެ މައްސަލައެއްގެ ގޮތަށެވެ. ނަމަވެސް އޭނާގެ ފޯނު ހޯދައިގެން ބެލި ބެލުމުން، މަރާލުމުގެ މައްސަލައެއް ކަމަށް ޝައްކު ކުރެވޭ ކަމެއް ފެނިފައި ނުވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.

އޭނާގެ ލޯބިވެރިޔާ، ”ސަންއޮންލައިން“އަށް ބުނެފައިވަނީ އަޒްހާނަކީ ދާއިމީ ނަފްސާނީ ބައްޔަކަށް ބޭސް ކުރަމުން ދިޔަ މީހެއް ކަމަށާއި، މީހަކު އޭނާ މަރާލީ ކަމަށް ނުބެލެވޭ ކަމަށެވެ.