އުރީދޫ ނޭޝަންއިން އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް ތިނެއްގައި ބައިވެރިވުމަށް އޮންލައިން ރަޖިސްޓްރޭޝަން ޕޯޓަލްއެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު  އޮކްޓޯބަރުގައި ހުޅުވާލާފައެވެ.

Ads by Asuru

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް އަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭ ކޮލިފައިންގް  މެޗް ސިލްސިލާއެކެވެ.

މި ސިލްސިލާގެ ފުރަތަމަ ދެ ޕަބްޖީ ކޮލިފައިން މުބާރާތް ނިމި މިހާރު ހުޅުވައިލެވިފައިވަނީ ތިންވަނަ ކޮލިފައިން ސީރީޒްއެވެ.  އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން، އެފަރާތެއްގެ ޓީމްތައް ރަޖިސްޓްރީކޮށް، ކުރިއަށް އޮތް ކޮލިފައިން މުބާރާތްތަކުގައި ވާދަކޮށް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ޓޯނަމަންޓް ގައި ވާދަކުރެވޭނެއެވެ. ބައިވެރިވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 150 ރުފިޔާ ގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތްއާއި ޓީމް ލޯގޯ 15 އޮކްޓޯބަރ 2022 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ.

ރެޖިސްޓަރ ވުމަށް http://ore.do/contender ޒިޔާރާތްކޮށްލާށެވެ.

 

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ގެ ކޮންޓެންޑަރ ސީރީޒް 3 ގެ ޗެމްޕިއަން ޓީމުތަކަށް ކަނޑައެޅިފައިވާ 15،000 ރުފިޔާގެ އިނާމު ހަމަޖެހިފައިވަނީ ތިރީގައި މިވާ ގޮތަށެވެ.

 • ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ
 • 2 ވަނަ އަށް ހޮވޭ ޓީމަށް 3،000 ރުފިޔާ
 • 3 ވަނަ އަށް ހޮވޭ ޓީމަށް 2،000 ރުފިޔާ

 

ރޯޑް ޓު އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް:

 1. އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 1 ގައި ބައިވެރިވި ޓީމްތަކުގެ ތެރެއިން 16 ޓީމެއް 3 ސެޕްޓެމްބަރ 2022 ފިނާލޭގައި ވަރުގަދަ ކުރިމަތިލުމަކަށްފަހު، 3 ޓީމެއް ވަނީ މި އަހަރުގެ އަހަރު ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވެފައެވެ.

 

 1. މޮޅުވެފައިވާ ޓީމްތައް:
 • ޗެމްޕިއަން ޓީމް: އާރް ޖީސީ ޑެނޯ
 • 2 ވަނައަށް މޮޅުވި ފަރާތް: ކޭއެޗް އީސްޕޯޓްސް
 • 3 ވަނައަށް މޮޅުވި ފަރާތް: އެލްއެންއެން ސްޕީޝީސް
 1. އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 2: ސެޕްޓެމްބަރު މަހު ބޭއްވުނު މި ދެވަނަ ސިލްސިލާގައި ވަނީ 500 ގޭމަރުންނާއެކު 89 ޓީމަކުން ވާދަކޮށްފައެވެ. ގަދަ ހިފުމަކަށްފަހު 3 ސެޕްޓެމްބަރުގައި މުބާރާތް ނިމިގެން ދިޔައައީ އެންމެ މޮޅު 3 ޓީމުން އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ގައި ވާދަކުރުމަށް ޖާގަ ހޯދައިގެންނެވެ.

މޮޅުވެފައިވާ ޓީމްތައް:

 • ޗެމްޕިއަން ޓީމް: އެސްޑީއެމްޒީ އީސްޕޯރޓްސް
 • 2 ވަނައަށް މޮޅުވި ފަރާތް: އާރްޖީސީ އޯޕެކްސް
 • 3 ވަނައަށް މޮޅުވި ފަރާތް: އީ2އެސް އަކަޓްސުކި
 1. އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 3: ގައި ވާދަކޮށް އެންމެ މޮޅު 3 ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. މި މުބާާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލާފައެވެ. ރެޖިސްޓަރ ވުމަށް http://ore.do/contender ޒިޔާރާތްކޮށްލާށެވެ.

 

 1.  އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕް އޮފިޝަލް ކޮލިފައިން އިވެންޓް: ގައި ވާދަކޮށް އެންމެ މޮޅު 7 ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. މި މުބާާރާތް ބާއްވަން ހަމަޖެހިފާވަނީ މި އަހަރު ނޮވެމްބަރު މަހުއެވެ.
 2.  އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް: 100،000 ރުފިޔާ ގެ ޕްރައިޒް ޕޫލަށް 16 ޓީމުން ވާދަކުރާނެއެވެ. މި މުބާާރާތް ބާއްވަން ހަމަޖެހިފާވަނީ މި އަހަރު ޑިސެމްބަރު މަހުއެވެ.

އުރީދޫ ނޭޝަން އިން ވަނީ ރާއްޖޭގެ އެންމެ ބޮޑު ޕްރައިޒް ޕޫލާއެކު ހުޅުވާލި ”އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް“ ގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ގޭމަރުންނަށް މަރުހަބާ ކިޔާފައެވެ.