ކުރީގެ ހުރަވީ ބިލްޑިން ހުރި ބިމުގައި ސައިކަލް ޕާރކިން ޒޯން ކުރެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.

Ads by Asuru

މިކަން ހާމަކުރައްވައި، މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުރަވީ ބިކްޑިން ހުރި ބިމުގައި ކުރަހަނީ ޖުމްލަ 226 ސައިކަލުގެ ޕާކިން ޒޯނެއް ކަމަށެވެ.

އެގޮތުން ޕާކިން ޒޯން ކުރެހުމުގެ މަސައްކަތް ކުރަމުންދަނީ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

ހުރަވީ ބިލްޑިން ތަޅާލާ އެ ބިން ސާފު ކުރުމަށްފަހު އެތަނުގައި ޕާކެއް ހެދުމަށް ނިންމާ އެކަމުގެ މަސައްކަތް ސަރުކާރުން ފެށީ މިއަހަރުގެ އޮގަސްޓް މަހުއެވެ.