މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ ދަންވަރު 12:45 ހާއިރުއެވެ.
އެކްސިޑެންޓް ހިނގާފައި ވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގައި ކާރު ލޭނުގައި މަޑުކޮށްގެން އޮތް ކާރެއްގައި، ފަހަތުން އައި ކާރެއް ޖެހިގެންކަމަށް ފުލުހުން ބުނެއެވެ.
އެވަގުތު ކާރު ކޮންޓްރޯލުން ނެއްޓި ސައިކަލު ލޭނަށް އަރާ، ދަތުރުކުރަމުންދިޔަ އިތުރު ހަތަރު ސައިކަލުގައިވެސް ޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި ހަތަރު ދިވެހި ފިރިހެނުންނަށް އަނިޔާވީއިރު، އޭގެ ތެރެއިން ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.
އަދި އަނެއް ދެމީހުންގެ ހާލުވެސް ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ އުޅަނދުތަކަށް އެކި ވަރުގެ ގެއްލުންތައް ވެފައިވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ބަލަމުންނެވެ.

