ހަރަކާތް ކުރިއަށްގެންދިޔަ މަރުކަޒުން ރައީސްއަށް މަރުހަބާ ވިދާޅުވީ، ޖަރމަން ޗެމްބަރ އޮފް އިންޑަސްޓްރީ އެންޑް ކޮމަރސް (ޑީއައިއެޗްކޭ)ގެ ބޯޑު މެންބަރު އަދި ހެޑް އޮފް ފޮރިން ޓްރޭޑް، ޑޮކްޓަރ ވޮލްކާ ޓްރައިއާ އާއި ޑަރމަލޮގް އައިޑެންޓިފިކޭޝަން ސިސްޓަމްސް ޖީއެމްބީއެޗްގެ ސީއީއޯ ގުންތަރ މުލްއެވެ.
މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، އެބައެއްގެ މަސައްކަތްތަކުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ މައިދާން ބައްޓަންކޮށް، ދެމެހެއްޓެނިވި އަގުތައް އުފެއްދުމަށް އެހީތެރިވެދިން ޖަރުމަނުވިލާތުގެ ވިޔަފާރި ލީޑަރުންނާ ބައްދަލުކުރެއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފާފުޅެއްކަމުގައި ވިދާޅުވެފައެވެ.
ދިވެހިރާއްޖެއިން 2040 ވަނަ އަހަރަށް ކުރާ ތަސައްވުރަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، އެ ތަސައްވުރަކީ، ދިވެހި އިގްތިސާދު ހަރުދަނާކޮށް، މުއައްސަސާތައް ޒަމާނީކުރުމަށާއި، ގައުމީ ތަރައްގީއަކީ، ތިމާވެށި ހިމާޔަތްކޮށްދީ، ރައްޔިތުންގެ ދުވަހީ ދިރިއުޅުމަށް ކުރިއެރުން ގެނުވާކަމެއް ކަމުގައި ކަށަވަރުކޮށްދިނުމަށް ކަނޑައަޅާފައިވާ އަޒުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އެގޮތުން، މާލީ ނިޒާމުތައް ޒަމާނީކުރުމާއި، ބޭރުފައިސާ މާރުކުރުމަށް ހުރި މަގުތައް އިތުރަށް ފަހިކުރުމާއި، އާންމު ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަކީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ، ދިވެހިރާއްޖޭގެ ރަސްމީ ރިޒަރވް ރެކޯޑު މިންވަރަކަށް މަތިކުރެވި، ބޭރުފައިސާ ދައުރުވާ މިންވަރު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.
އަދި ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގައި ގެނެވިފައިވާ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވަނީ، މާލީ އަޚުލާޤު ދެމެހެއްޓުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއްކަމުގައި ވިދާޅުވެފައެވެ.
މިފަދަ އީޖާބީ ކުރިއެރުންތަކުގެ ސަބަބުން، ދިވެހިރާއްޖެއާމެދު ވުނޭރުންގެ މެދުގައި އިތުބާރު އިތުރުވެ، ގޫގްލް ފަދަ ފަންނިއްޔާތުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގައި ވުނަކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ހަކަތައިގެ ރައްކާތެރިކަމާއި، ހަކަތައިގެ އަގުތަކަކީ، ދިވެހިރާއްޖެއަށް ހައްސާސް ގޮންޖެހުމެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އެނަރޖީ ޓްރާންސިޝަންގެ ދާއިރާއަކީވެސް އުފެއްދުންތެރިކަން ބޭނުންވާ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ.
ސޯލާ ސިޓީ ފަދަ މަޝްރޫއުތަކުގެ އަމާޒަކީ ހަމައެކަނި ކާބަން ބޭރުކުރާ މިންވަރު މަދުކުރުން ނޫންކަމަށާއި، ޖަޒީރާތަކާއި އައްސޭރިފަށުގެ ވަސީލަތްތަކަށް ބަރޯސާވާ ދުނިޔޭގެ އިގްތިސާދުތަކަށް، އަތްފޯރާފަށުގެ، ދެމެހެއްޓެނިވި، އަދި ނަކަލުކުރެވޭފަދަ ހައްލުތަކެއް އުފެއްދުމަކީވެސް، އެފަދަ މަޝްރޫއުތަކުގެ އަމާޒެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން އެމަނިކުފާނު ވަނީ، މިފަދަ އަމަލީ، އަދި އިތުރަށް ތަނަވަސްކުރުމުގެ ފުރުސަތު ހުރި ހައްލުތައް ރާއްޖޭގައި ތަހުލީލު ކުރެވިދާނޭކަން ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރެވޭ އިތުބާރު އިތުރުކުރުމުގައި ޖަރުމަނުވިލާތުގެ ވުނޭރުންނާއި، ޓުއަރ އޮޕަރޭޓަރުންނާއި، މާލީ މުއައްސަސާތަކުން އަދާކޮށްފައިވާ ފާހަގަކޮށްލެވޭ ދައުރުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
އަދި 2027 ވަނަ އަހަރަކީ ”ވިޒިޓް މޯލްޑިވްސް އިއަރ“ ކަމުގައި ކަނޑައަޅުއްވާފައިވާކަމަށް ވިދާޅުވެ، މި ހަރަކާތުގައި ބައިވެރިވުމަށް، ޖަރުމަނުވިލާތުގެ ވުނޭރުންނަށް އެމަނިކުފާނު ވަނީ ދަޢުވަތުއަރުވާފައެވެ.
އަދި ވުނަކުރުމުގެ އާންމު މޮޑެލްތަކުގެ އިތުރުން، ދާދި ފަހުން އިފުތިތާޙުކުރި، ޕްރޮޖެކްޓް އައިލާ – ސަސްޓެއިނަބަލް ޓައުންޝިޕް ފަދަ މަޝްރޫޢުތައްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ހާއްސަ ހިދުމަތްތައް ތަރައްގީކޮށް، ބޭސްފަރުވާއަށް އެހެން ގައުމުތަކަށް ދާންޖެހޭ މިންވަރު މަދުކޮށްގެން، ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތް ޒަމާނީކޮށް ފުޅާކުރުމާ ބެހޭގޮތުން އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ.
އަދި މިދާއިރާގައި ޖަރުމަނުވިލާތުގެ މަހާރަތާއި ދިވެހިރާއްޖޭގެ މަސްލަހަތު އެއްއުއިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، މާލީ ދާއިރާގައި ހުރި ވުނަކުރުމުގެ ފުރުސަތުތަކަށްވެސް ބައްލަވާލައްވާފައެވެ.
އެގޮތުން، ރާއްޖޭގެ އަމާޒަކީ، ދިގުމުއްދަތުގެ ބައިވެރިވުންތަކަށް ޖާގަދޭ ފަދަ، ދެފުށްފެންނަ، ނަތީޖާ އަންދާޒާކުރަން ފަސޭހަ އަދި ގަވާއިދުތަކެއްގެ މައްޗަށް ބަރޯސާވާ މާލީ ވެއްޓެއް ފޯރުކޮށްދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ތަޖުރިބާ އާއި ފަންނިންޔާތު އެކުލަވާލުމުގައި ޖަރުމަނުވިލާތުގެ ތަޖުރިބާ އާއި ދެ ގައުމުން ހިއްސާކުރާ މަސްލަހަތުތަކުގެ އަލީގައި، ޖަރުމަނުވިލާތަކީ ދިވެހިރާއްޖޭގެ ތަރައްގީގެ ދަތުރުގެ ތަބީއީ ބައިވެރިއެއްކަމަށް ވިދާޅުވަމުންނެވެ.
މިއަދުގެ ހަރަކާތުގައި އިންވެސްޓް މޯލްޑިވްސްގެ ފަރާތުން ވަނީ، ރާއްޖޭގެ ވުނަކުރުމުގެ ވެއްޓާއި، ރާއްޖޭގައި ހުރި ވުނަކުރުމުގެ ފުރުސަތުތަކާބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ.
މިއަށްފަހު ރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވަނީ، ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އަދި ޖަރުމަނުވިލާތުގެ ގިނަ ކުންފުނިތަކަކުން ވަނީ، އެ ކުންފުނިތަކުގެ ވަނަވަރު ހުށަހަޅައި، ދިވެހި ވަފުދާއެކު ހިޔާލު ބަދަލުކުރައްވާފައެވެ.

